ENGLISH
09 ޖޫން 2026
މާފުށީ ޖަލަށް ވައްދަން އުޅުނު 5 ޑްރޯން ހިފަހައްޓައިފި
08 ޖޫން 2026
|
މާފުށީ ޖަލު- ފޮޓޯ: ސަން އެމްވީ
އެންމެ މަޤްބޫލު
މާފުށިި ޖަލަށް ވައްދަން އުޅުނު ފަސް ޑްރޯން އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގައި ނިޒާމީގޮތެއްގައި ޖަލުތައް ހިންގަން ފެށިފަހުން މިވޭތިވެދިޔަ ދިގު މާޒީގައި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެދެވޭގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.
ކުށް ކުރާ ފަރާތްތަކުން ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ކުށަށް އަރައިގަތުމަށް ބޭނުންކުރަމުންދާއިރު ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް އެކަން ހުއްޓުވުމަށް ބޭނުންވާ ވަސީލަތް ހޯދައިދީފައި ނުވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޖަލަށް ތަކެތި ވެއްދުމަށް ބޭނުންކުރަނީ އަޑު ނުހުންނަ ޑްރޯންތަކެއް ކަމަށެވެ. އަދި އެތަކެތި ހުއްޓުވޭނެ ގޮތެއް ކަރެކްޝަންސްގެ އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސްގެ އިސްނެންގެވުމާއެކު އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް މިކަން ހައްލުވެގެންދާނެހެން. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން. މިދިޔަ ރޯދަ މަހުން ފެށިގެން މިއަދާހަމައަށް ފަސް ޑްރޯން އަޅުގަނޑުމެން ހިފަހައްޓައިފިން." ކޮމިޝަނަރ ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ، އެ ޑްރޯންތައް ހިފަހައްޓާފައިވަނީ ޖަލުތަކުގެ ސެކިއުރިޓީ ބެހެލެއްޓުމަށް 24 ގަޑިއިރު ފޯރިމެރުމަށް ތިބޭ އޮފިސަރުންގެ ހުޝިޔާރުކަމުން ކަމަށެވެ.
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓާފައެވެ.
މީގެ އިތުރުން ވެސް މުވައްޒަފުން ތަމްރީންކުރުމާއި އިތުރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.