ENGLISH
05 ޖޫން 2026
ރާއްޖެ އދ. ގައި ބަލައިގަންނަކަން ހާމަވެއްޖެ: ހާރިޖީ ވަޒީރު
05 ޖޫން 2026
|
އެންމެ މަޤްބޫލު
އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިހާބުވުމުން ދޭހަކޮށްދެނީ ރާއްޖެ އދ. ގައި ބަލައިގަންނަކަންކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އ.ދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިހާބުވުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖެއިން އިކޮސޮކްއަށް އިންތިހާބުވުމާ ގުޅިގެން ވަޒީރު ވިދާޅުވީ އިކޮސޮކްއަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރުވެރި އަދި ތާރީހީ ކާމިޔާބީއެއް ކަމަށެެވެ. އަދި މިކާމިޔާބީއާއެކު އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަށް ކަމަށް ވިދާޅުވިއެވެ. ހާރިޖީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން އިކޮސޮކްއަށް އިންތިހާބުވުމުން ބައިނަލްއަގުވާމީ މުޖުތަމައުން، ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަން ހާމަކޮށްދޭ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން އިކޮސޮކްއަށް އިންތިހާބުވުމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިހާބުވީއިރު މިއީ 1965 ވަނަ އަހަރު ދިވެހިރާއްޖެ އިން އ.ދ. ގެ މެމްބަރަކަށް ވުމަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މިނޭމީ 31 ޑިސެމްބަރު 2029 ގައެވެ. މި އިންތިޚާބުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިޚާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.