ENGLISH
05 ޖޫން 2026
ދުނިޔޭގެ އެއްވަނަ ސަބަލެންކާ ބަލިކޮށް، ޝްނައިޑާ ސެމީއަށް
04 ޖޫން 2026
|
ޓެނިސް ކުޅުންތެރިޔާ ޑަޔާނާ ޝްނައިޑާ: އޭނާ ވަނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ބަލިކޮށްފަ --
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ބަލިކޮށް، ޑަޔާނާ ޝްނައިޑާ ސެމީއަށް ދަތުރުކޮށްފިއެވެ.
ސަބަލެންކާ މި މުބާރާތުން ކަޓާފައިވަނީ އޭނާ މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވާ، ކުއްލި ގޮތަކަށެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކޯކޯ ގޯފް، ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދި އިގާ ސްވިއާޓެކް އަދި 2022 ގައި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި އެލީނާ ރިބަކީނާ މުބާރާތުން ކަޓާފައިވުމާއިއެކު، 28 އަހަރުގެ ސަބަލެންކާ އަކީ ރޯލަންޑް ގަރޯސްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާނެކަމަށް އެންމެ ބޮޑަށް ބެލެވުނު ކުޅުންތެރިޔާއެވެ. ނަމަވެސް، އޭނާ މުބާރާތާ އަލްވަދާއު ކިޔަންޖެހުނީ ހައިރާންކުރުވަނިވި ގޮތަކަށެވެ. އޭނާގެ މައްޗަށް ޝްނައިޑާ ކުރި ހޯދީ 2-1 ސެޓުންނެވެ.
މެޗުގެ ކުރީކޮޅު ސަބަލެންކާ އޮތީ ވަރަށް ކުރީގައެވެ. މެޗުގެ ފުރަތަމަ ސެޓް ވެސް ނެގީ އޭނާއެވެ. ނަމަވެސް، ޝްނައިޑާ ދޫނުކޮށް ދެއްކި ހިތްވަރާއެކު ދެވަނަ ސެޓު ކާމިޔާބު ކުރިއެވެ. އަދި ޖެހިގެންއައި ތިންވަނަ ސެޓު ކާމިޔާބު ކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ޝްނައިޑާ ބުނީ، މިއީ އޭނާގެ ކެރިއަރުގައި ލިބުނުވަރަށް ހާއްސަ މޮޅެއްކަމަށެވެ. ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނުއިރު ވަރަށް ބޮޑަށް ހާސްވިކަމަށާއި، ނަމަވެސް ކޮންމެ ޕޮއިންޓަކަށް ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށް އޭނާ ފާހަގަކުރިއެވެ. ސެމީ ފައިނަލުގައި ޝްނައިޑާ ބައްދަލުކުރާނީ ޕޮލެންޑުގެ މާޔާ ޝްވަލިންސްކާ އާއެވެ. ޝްވަލިންސްކާ ވެސް ވަނީ ކުއާޓާ ފައިނަލުގައި ރަޝިޔާގެ އެނާކަލިންސްކާ ބަލިކޮށްފައެވެ. މިއީ ފުރަތަމަ ގްރޭންޑް ސްލޭމް ސެމީ ފައިނަލަކަށް އޭނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.