ENGLISH

01 ޖޫން 2026

Advertisement

ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުން ސުއަރޭޒަށް ޖާގައެއް ނުލިބުނު

01 ޖޫން 2026

|

ސުވެއިދާ ހުސެއިން

އުރުގުއޭގެ ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒް: މި ފަހަރު ވޯލްޑް ކަޕަށް ނެގި ގައުމީ ސްކޮޑުގައި އޭނާ ނުހިމެނެ ---

އުރުގުއޭގެ ގައުމީ ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒަށް، މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ޓީމުން ޖާގައެއް ނުލިބުނެވެ.

އުރުގުއޭގެ އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރިކޯޑު އޮތް، އުމުރުން 39 އަހަރުގެ ލުއިސް ސުއަރޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން 2024 ވަނަ އަހަރު ވަނީ އިއުލާންކޮށްފައެވެ. އެހެން ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕަށް ދެ މަހަށް ވެފައިވަނިކޮށް، ގައުމީ ޓީމުން ބޭނުންވާނަމަ ކުޅެން ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. 

މިއާއެކު، މިއީ ސުއަރޭޒްގެ ބައިނަލްއަގުވާމީ ފުޓްބޯޅަ ކެރިއަރުގައި ފެނިގެންދާނެ އެންމެ ފަހު ބޮޑު މުބާރާތް ކަމަށް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.

މިހާރު އެމެރިކާގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ ފޯވާޑް އެންމެ ފަހުން، މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ސީޒަނުގައި އޭނާ ކުޅުނު 11 މެޗުގައި ހަ ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް ކޯޗު މާސެލޯ ބިއެލްސާގެ ފައިނަލް ސްކޮޑުން އޭނާއަށް ފުރުސަތެއް ނުދެއެވެ. މި ނިންމުމާއެކު އޭނާއަށް އެ ފުރުސަތު މިވަނީ ގެއްލިފައެވެ.

ވޯލްޑް ކަޕާ ދިމާކޮށް އެމްއެލްއެސްގެ ކުޅުން މިހާރު މެދުކަނޑާލާފައިވާއިރު، އަލުން މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ މެދުތެރޭގައެވެ.

ސުއަރޭޒް ވަނީ ކުރިން ލިވަޕޫލް އާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ފަދަ މަޝްހޫރު ޓީމުތަކަށް ކުޅެފައެވެ. އޭނާ ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 69 ލަނޑު ޖަހައިދީފައެވެ.

އުރުގުއޭގެ ވޯލްޑް ކަޕް ސްކޮޑު:

  • ގޯލްކީޕަރުން: ސާޖިއޯ ރޮޗެޓް، ފަރްނާންޑޯ މުސްލެރާ، ސަންޓިއާގޯ މެލޭ
  • ޑިފެންޑަރުން: ރޮނަލްޑް އަރައުހޯ، ހޯޒޭ މާރިއާ ހިމެނޭޒް، މަތިއަސް އޮލިވެރާ، ސަންޓިއާގޯ ބުއެނޯ، ސެބަސްޓިއަން ކަސެރެސް، ހޮއަކިން ޕިކެރޭޒް، މަޓިއަސް ވިނާ، ގިލާމޯ ވަރެލާ
  • މިޑްފީލްޑަރުން: ފެޑެރިކޯ ވަލްވާޑޭ، މެނުއަލް އުގާޓޭ، ރޮޑްރިގޯ ބެންޓަންކޫރު، ޖިއޮޖިއަން ޑި އަރަސްކޭޓާ، ނިކޮލާސް ޑެ ލާ ކްރޫޒް، ފަކުންޑޯ ޕެލިސްޓްރީ، މެކްސިމިލިއާނޯ އަރައުހޯ، ރޮޑްރިގޯ ޒަލަޒާރ، އެމިލިއާނޯ މާޓިނޭޒް، އަގުސްޓިން ކެނޮބިއޯ، ހުއާން މެނުއަލް ސަނަބްރިއާ، ބްރަޔަން ރޮޑްރިގޭޒް
  • ފޯވާޑުން: ޑާވިން ނޫނޭޒް، ފެޑެރިކޯ ވިނާސް، ރޮޑްރިގޯ އަގުއިރޭ
ކިޔުންތެރިންގެ ހިޔާލު