ENGLISH
18 މޭ 2026
ދިވެހި ހައްޖުވެރިންގެ ތިންވަނަ ފްލައިޓް މިއަދު ފުރާނެ
18 މޭ 2026
|
އެއަރޕޯޓްގައި ހާޖީން ފުރުމަަށް ތައްޔާރުވަމުން ދަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ދިވެހި ހައްޖުވެރީންގެ ތިންވަނަ ގްރޫޕް މިއަދު ފުރާނެ އެވެ.
ހައްޖުވެރިންގެ ތިންވަނަ ފްލައިޓުގައި 267 ޙައްޖުވެރިން، ސަޢުދީ އެއާލައިންސްގައި މައްކާ އަށް ދާނެ އެވެ. ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 15:25 ގަ އެވެ.
މިއަދު މައްކާއަށް ދާ ތިންވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުން ނެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.
މިއަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.