ENGLISH

16 މޭ 2026

Advertisement

ހަކަތަ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 32 ރަށެއްގެ މަސައްކަތް ނިމެނީ

16 މޭ 2026

|

ހަނާން އަހުމަދު ނައީމް

ހަކަތަ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން- ފޮތޯ: ފަތުރުވެރިކަމާއި ބެހޭ ވުޒާރާ

ރާއްޖޭގައި ހަކަތަ ގާއިމުކުރުމުގެ ސިޔާސަތުގެ ތެރެއިން ދެ މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 32 ރަށެއްގައި ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގައި 17.7 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ގާއިމުކުރުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް މޫސުމީ ބަަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކާއެކު ކަރަންޓު އުފެއްދުމަށް ރާއްޖެއިން ތެލަށްކުރަމުންދާ ހޭދަ ކުޑަކުރުމަށް އެކި މަރުޙަލާތަކުގައި އިޔާދަކުރަނިވި ހަކަތައިގެ އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ.

އެގޮތުން ރ. އަތޮޅާއި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 25 ރަށެއްގައި 6.5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މިމަޝްރޫޢުގެ %95 މަސައްކަތް ނިމިފައިވާކަމަށެވެ.

އެވުޒާރާއިން ބުނީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ އާއި، އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫ، މީދޫގައި 11 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެވުޒާރާއިން ބުނެއެވެ.

މިމަޝްރޫއުގެވެސް %97 މަސައްކަތް މިހާރު ނިމިފައިވާކަމަށް ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.  

ކަރަންޓު އުފެއްދުމަށް ތެލަށް ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 443 މިލިއަން ޑޯލަރު ހަރަދުކުރެއެވެ.

އެހެންކަމުން، ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު