ENGLISH

15 މޭ 2026

Advertisement

ހިމަބިހީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ފަރުވާ ހޯދަން އެޗްޕީއޭގެ އިލްތިމާސެއް

14 މޭ 2026

|

ފާތުމަތު އަދާ

ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާކޮށްފިއެވެ.

ހިމަބިހީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި، ހުންއައުމާއި، ރޯގާޖެހުމާއި، ކެއްސުން އަދި ލޯ ރަތްވުން ފަދަ ކަންކަން ހިމެނެއެވެ. އެޗްޕީއޭ އިން ވަނީ ހިމަބިހީގެ އަލާމާތެއް ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތް ކިޔައިދީފައެވެ. 

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުގައި ބުނީ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށާއި، އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ކަމަށެވެ.

އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން، ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުންނާނެ ކަމަށެވެ. އަދި ވައިރަސް އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނޭ ކަމަށް އެޗްޕީއޭއިން ހިއްސާކޮށްފައިވާ މަޢުލޫމާތުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ދާނީ ބިހި ނެގުމުގެ 4 ދުވަސް ކުރިން އަދި ބިހި ނެގުމުގެ 4 ދުވަސް ފަހުންކަން ވެސް އެޗްޕީއޭގެ މަޢުލޫމާތުގައި އާއްމުކޮޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު