ENGLISH

15 މޭ 2026

Advertisement

ބަޔޯމެޓްރިކްސް ނަގާއިރު 10 އިނގިލީގެ ނިޝާން ނެގުނުކަން ކަށަވަރުކުރަން އެދިއްޖެ

14 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބަޔޯމެޓްރިކްސް ނެގުމަށް ބިދޭސީން ފޮނުވުމުގެ ކުރިން އެފަރާތަކީ ބަޔޯމެޓްރިކްސް ފުރިހަމަނުވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ. 

އެވުޒާރާއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ، ބަޔޯމެޓްރިކްސް ނެތް ފަރާތްތަކުގެ ބަޔޯމެޓްރިކްސް ނެގުމަށް ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް އެންއައިސީއައިޓީއަށް ގޮސް ގިނައިރުތަކެއްގައި ކިޔުގައި ތިބޭކަމުގެ ކަންބޮވުމާއެކުގައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ބިދޭސީންގެ 9 އިނގިލީގެ ނިޝާން އިންނަމަވެސް ސިސްޓަމުން އެފަރާތްތަކުން ބަޔޯމެޓްރިކްސް ނުނަގާކަމަށް ފްލެގްވާނެ ކަމަށެވެ. އަދި އެހާހިސާބުން ޚިދުމަތްތައް މެދުކެނޑޭނެ ކަމަށެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، އެދުވަހަކީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ދުވަހެއްކަމުން ގިނަ ބިދޭސީންނަށް ޤަބޫލުކުރެވުނީ 10 އިނގިލީގެ ނިޝާން ހަމަނުވާނަމަ ހައްޔަރު ކުރަމުންދަނީ ކަމަށެވެ.  

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ، ކުރަނގި އޮޕަރޭޝަންގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

މިމަސައްކަތުގެ ދަށުން ރާއްޖޭގައި އުޅޭ 98 އިންސައްތަ ބިދޭސީންގެ މަޢުލޫމާތާއި އެމީހުންގެ 10 އިނގިލީގެ ނިޝާން ވަނީ ނަގާފައެވެ. 

ބަޔޯމެޓްރިކްސް ނަގާފައިވާ މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ހޯދައި ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު