ENGLISH

15 މޭ 2026

Advertisement

10 ބޯލް އެސޯސިއޭޝަން ކަޕް މާދަމާ ފަށަނީ

12 މޭ 2026

|

އިސްމާއިލް ޝާހު

މިދިޔަ އަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕުގެ ތެރެއިން --- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ 10 ބޯލް އެސޯސިއޭޝަން ކަޕް 2026 މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ.

އެމްޕީބީއޭއިން ހާމަކޮށްފައިވާ ގޮތުން މި މުބާރާތުގައި ޖުމްލަ 116 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން ކުޅުން ކުރިއަށްދާނީ 16 ގްރޫޕަކަށް ބަހާލައިގެންނެވެ. 8 ކުޅުންތެރިން ހިމެނޭ 4 ގްރޫޕް ހިމެނޭއިރު، 7 ކުޅުންތެރިން ހިމެނޭ 12 ގްރޫޕެއް ހިމެނެއެވެ.

މުޅި މުބާރާތުގައި ޖުމްލަ 395 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބޭއްވި 10 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދީ އިސްމާޢީލް ޖީހާނެވެ. އަދި އޭނާ ވަނީ 2021 ވަނަ އަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕުގެ ތަށިވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު