ENGLISH
12 މޭ 2026
ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
12 މޭ 2026
|
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
އެންމެ މަޤްބޫލު
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ކަމަށެވެ.
ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ތިނެއްވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޒާހިދު އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެވެ. އަދި ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރެއްވި އެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ ތެރޭގައި ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރެއްވި އެވެ. ޒާހިދު އެ މަޤާމުން އިސްތިއުފާ ދެއްވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
މީގެ ކުރީންް ވެސް ޒާހިދު ވަނީ މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ މަޤާމު އަދާކުރައްވާފައިވެ އެވެ.