ENGLISH
10 މޭ 2026
އޭޓީއެމަށް ދޫކޮށްލެވިފައި އޮތް ކާޑެއް ނަގައި، ވިޔަފާރިކުރި މީހަކު ހޯދަނީ
10 މޭ 2026
|
އޭޓީއެމެއްގެ ތެރެއަށް ދޫކޮށްލެވިފައި އޮތް ކޭޝް ކާޑެއް ނަގައި، އެކާޑުން ވިޔަފާރިކުރި މައްސަލައިގައި ހޯދާ މީހާ: މި މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އާމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިފައި. --
އެންމެ މަޤްބޫލު
އޭޓީއެމެއްގެ ތެރެއަށް ދޫކޮށްލެވިފައި އޮތް ކޭޝް ކާޑެއް ނަގައި، އެކާޑުން ވިޔަފާރިކުރި މައްސަލައިގައި މީހަކު ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ، ޒުވާން ފުރައިގެ ފިރިހެން މީހާ ލައިގެންހުރީ މަޑުނޫކުލައިގެ ޖީންސަކާއި، ޑިޒައިން ގަމީހެކެވެ. އޭނާ އޭޓީއެމް ކައިރީގައި، މަޑުކޮށްގެން އިރުކޮޅަކު ހުންނަ މަންޒަރު ފެނެއެވެ. ދެން ފެންނަނީ ވޮލެޓަށް ކާޑު ލަމުން ނިކުމެގެންދާ މަންޒަރެވެ.
އޭޓީއެމެއްގެ ތެރެއަށް ދޫކޮށްލެވިފައި އޮތް ކޭޝް ކާޑެއް ނަގައި، އެކާޑުން ވިޔަފާރިކުރި މައްސަލައިގައި ހޯދާ މީހާ
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއްކަމަށެވެ. މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި، އެމީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއްނުވެއެވެ.
އެހެންކަމުން މިމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުވަނީ އެދިފައެވެ. އެގޮތުން މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުންވަނީ އެދިފައެވެ.