ENGLISH
07 މޭ 2026
އެންމެ މަޤްބޫލު
އއ. ފެރިދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝާންގެ 96.49 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު މީޑިއާގައި އާންމުކުރި ޕޯސްޓުގައި ބުނީ މިހާރު ސައިޓުގައި ކުރިއަށް ދަނީ ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މައި ނެޓްވޯކް ގުޅައިދިނުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގައި ފެރިދޫގައި ބިނާކުރަނީ އެއް ފަންގިފިލާގެ ޕޮލިސް ޕޯސްޓެކެވެ. އެމްޓީސީސީން ހާމަކުރިގޮތުގައި އެ ރަށުގެ ރައްޔިތުންނަށް ފުރިހަމަ ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ އިމާރާތުގައި ހުންނާނޭ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އއ. ފެރިދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝާންގެ އިތުރުން އެރަށު ސިއްހީ މަރުކަޒުގައި އައު އިމާރާތެއް އަޅަން ވަނީ ހަމަޖެހިފައެވެ.