ENGLISH
07 މޭ 2026
ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ: ވަޒީރު ހީނާ ވަލީދު
06 މޭ 2026
|
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-- ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މާއްދީ ނޫން ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާ ގުޅިގެން އިއްޔެ ފެށި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ މާއްދީ ނޫން ސަގާފީ ތަރިކައިގެ ގޮތުން މުއްސަނދި އަދި ތަފާތު ސިފަތަކެއް ލިބިގެންވާ ޤައުމެއް ކަމަށެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި، ދޯނިފަހަރު ބަނުމުގެ ސަގާފީ މަސައްކަތާއި، ލިޔުންތެރިކަމުގެ ފަންނުގެ އިތުރުން، ރަށްފުށުގެ މުޖުތަމައުތަކުގައި ހުރި ގަދީމީ ޢިލްމާއި ހުނަރުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"މިއީ ހަމައެކަނި އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މައިގަނޑު އަސާސްތަކެއް ނޫން. މިއީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވެސް އަގުހުރި ރައުސްމާލެއް،" ހީނާ ވިދާޅުވި އެވެ.
ވަޒީރުގެ އިތުރަށް ފާހަގަކުރެއްވީ، ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން މިފަދަ ތަރިކަތައް ރައްކާތެރިކުރުމަށް އިސްކަންދޭ ކަމަށެވެ. މީގެ ސަބަބުން ސަގާފީ ފަތުރުވެރިކަން ފުޅާވެ، ފަތުރުވެރިންނަށް ޙަޤީޤީ ދިވެހިވަންތަކަން އިހުސާސްކޮށްދިނުމަށް މަގުފަހިވާނެ ކަމަށާއި، ޒުވާނުންނަށް އާ ހުނަރުތަކާއި އުފެއްދުންތެރި ސިނާއަތްތަކުގެ ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ބަދަހިކަން އިތުރުވެގެންދާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ހީނާ އިތުރަށް ފާހަގަކުރެއްވީ، ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ލިބޭ މިފަދަ ފުރުސަތުގެ ބޭނުން ރަގަނޅު ގޮތުގައި ހިފުމަށެވެ.
ޔުނެސްކޯގެ 2003 ވަނަ އަހަރުގެ މުޢާހަދާއަކީ މިފަދަ މަސައްކަތްތަކަށް މަގުދައްކައިދޭ ބައިނަލްއަޤުވާމީ ފުރިހަމަ އޮނިގަނޑެއްކަމަށާއި، މި މުޢާހަދާގެ ސަބަބުން ތަރިކަ ދެނެގަނެ، ދަފުތަރުކޮށް، ރައްކާތެރިކުރުމަށް ބޭނުންވާ ޢަމަލީ ވަސީލަތްތައް ލިބިގެންދާނެކަން ވާޒީރު ފާހަގަކުރެއްވި އެވެ.