ENGLISH
26 މޭ 2026
ވެށީގައި އުޅޭ ސޫފާސޫފި ޕެސްޓަކަށް ބަދަލުވުމާއި، އެސޮރުމެންގެ އާބާދީ މެނޭޖުކުރުން
25 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ވެށިކަމުގައި ބުނެވެނީ ދިރުން ހުރި ތަކެތީގެ ދިރުމަށާއި، އެތަކެތި ވުޖޫދުވުމަށާއި، ތަރައްޤީވުމަށް އަސަރުފޯރުވާ ޤުދުރަތީ ގޮތުން އުފެދިފައިވާ، އަދި މަޞްނޫޢީގޮތުން އިންސާނުން ހަދާފައިވާ ތަކެތީގެ ވަށައިގެން އޮންނަ ސަރަޙައްދަށެވެ. އަދި އެސަރަޙައްދުގައިވާ މާއްދީ އަދި ޙަޔަވީ ޢުންސުރުތައް ނުވަތަ ބަހާތަކުގެ އިތުރުން އެބަހާތަކާ އިންސާނުންނާ ދެމެދު އޮންނަ ގުޅުންވެސް ޝާމިލުވެއެވެ. މިގޮތުން އިންސާނުންގެ ދިރިއުޅުމަށް އެތަކެތިން ކުރާ އަސަރުވެސް މީގެތެރޭގައި ހިމެނެއެވެ.
ވެށީގައި ހިމެނޭ ޙަޔަވީ ބަހާތަކަކީ އިންސާނުންނާއި، ޖަނަވާރާއި، ގަސްގަހާގެއްސާއި، އެހެނިހެން ދިރުންތަކެވެ. މާއްދީ ބަހާތަކަކީ ބިމާއި، ފެނާއި، ޖައްވާއި، މޫސުމެވެ. ދިރުން ހުންނަ ތަކެއްޗާއި، ދިރުން ނުހުންނަ ތަކެތި ވެށީގައި ހިމެނޭއިރު ދިރުން ހުންނަ ތަކެތީގެ ތެރޭގައި އެތަކެއްޗަށް ބޭނުން ކާނާ އަމިއްލައަށް އުފައްދާ ދިރުންތައް ހިމެނެއެވެ. މިއީ ގަސްގަހާގެއްސެވެ. އަނެއް ބާވަތަކީ އެހެން ބާވަތްތަކުގެ ދިރުންތައް ކައިއުޅޭ އެއްޗިއްސެވެ. މިއީ، އާއްމުގޮތެއްގައި ޖަނަވާރުގެ ވައްތަރުތަކެވެ.
މާޙައުލީ ނިޒާމުގެ މަފުހޫމަކީ ގަސްގަހާގެއްސާއި، ދިރޭ ތަކެއްޗާ ދެމެދު އޮންނަ ގުޅުމާއި، އެކަތި އަނެކެއްޗާއި އަދި އެތަކެތީގެ ވަށައިގެންވާ މާޙައުލާ އެގުޅުން ލާމެހިފައިވުމެވެ. ޚާއްޞަގޮތެއްގައި އެތަކެތި އަމިއްލައަށް އުޅެވޭ ގޮތަށެވެ. މާޙައުލީ ނިޒާމުގެ ތެރޭގައި ވުޖޫދުވެފައިވާ ދިރުންތައް ވަކިޚާއްޞަ ގިންތިތަކަކަށް ދެނެގަނެވިފައިވެއެވެ. މިގޮތުން، އެތަކެތި ކައިއުޅުމުގެ އާދަޔަށާއި، ކައިއުޅޭ ގޮތަށް ބަލައިގެން ތިރީގައި މިވާގޮތަށް ގިންތިކުރެވެއެވެ.
މިމަޢުލޫމާތު ދެނެގަތުމުގައި ފާހަގަކޮށްލެވޭ މައިގަނޑު ނުކުތާތަކަކީ: