ENGLISH
15 އޭޕްރީލު 2026
ހޯމަ ދުވަހު ކިރުވި މަހަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި
15 އޭޕްރީލު 2026
|
މަސްވެރިކަމަށް ނިކުމެ އުޅޭ ދިވެހި މަސްދޯނިތައް
އެންމެ މަޤްބޫލު
އެޕްރީލް މަހުގެ 13 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ބުނި ގޮތުގައި އެޕްރީލް 13 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 1،924،463 ރ. (އެއް މިލިއަން ނުވަ ލައްކަ ސައްވީސް ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ) އެވެ.
މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1،923،588 ރ. (އެއް މިލިއަން ނުވަ ލައްކަ ތޭވީސް ހާސް ފަސް ސަތޭކަ އަށްޑިހަ އަށް ރުފިޔާ) ޖަމާކޮށްފައިވެއެވެ. އަދި، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި މިތާރީޚުގައި ކިރުވާފައި ނުވާތީ، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 2 ދޯންޏަކަށް 875 ރ. (އަށް ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ދޫކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
ހަމައެހެންމެ، ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދަވައި، މިފްކޯއަށް ބޮޑު ކަންނެލި ކިރުވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ފެށްޓެވީ ވެސް އެމަނިކުފާނުގެ ސަރުކާރުގައެވެ.