ENGLISH

25 މާރިޗު 2026

Advertisement

މަނަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

25 މާރިޗު 2026

|

ފާތުމަތު އަދާ

މަނަދޫ ފުލުހުންގެ މަރުކަޒުގެ އިމާރާތްކުރުން. ފޮޓޯ: އެމްޓީސީސީ

މަނާދޫ ފުލުހުން މަރުކަޒުގެ މަސައްކަތް ހަލުކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ އިރުގައި މިހާރު ހިނގަމުންދަނީ އޮފީސް ބްލޮކްގެ 3 ވަނަ ފަންގިފިލާގެ ތަނބުތަކާއި، ލިފްޓް ވޯލްގެ ފޯމްވޯކް ތައްޔާރުކުރުމާއި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މަނަދޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ސަބަބުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދިނުމަށް ފުލުހުންގެ ހިދުމަތަށް ފަސޭހަވެގެންދާނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު