ENGLISH

25 މާރިޗު 2026

Advertisement

ބޮޑުކަންނެލި ދޯނިތަކަށް އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި

23 މާރިޗު 2026

|

ޢަލީ ޝަހީމް

ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. 

ބޮޑުކަންނެލި ދޯނިތަކަށް ސަބްސިޑީ ދިނުމަށް ނިންމާފައިވާކަން ހާމަކުރީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ސަބްސިޑައިޒް އަގުގައި ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނީ، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ ލިބުމުގައި ލުއި ލިބިގެންދިޔައިރު، ބޮޑުކަންނެލި މަސްވެރިންގެ ހުށަހެޅުމާ އެއްގޮތަށް މިފްކޯއިން މިހާރު ވަނީ ބޮޑުކަންނެލި ގަންނަން ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު