ENGLISH
21 މާރިޗު 2026
އައްޑޫގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 މާރިޗު 2026
|
އައްޑޫގެ ފަޅު ގޯތީގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވުމުގައި މަސައްކަތް ކުރަނީ
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާންގަނޑު ގައުމީ ދިފާއީ ބާރުގެ ފަޔާ އެންޑް ރެސްކިއު ޑިވިޝަންއިން ކޮންޓުރޯލުކޮށްފިއެވެ.
އެމްއެންޑީއެފްއިން އާންމުކުރި މައުލޫމާތުގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އައްޑޫ ސިޓީ، މަރަދޫ ބޮންޑަގޭ ކައިރި ފަޅުގޯއްޗެގައި ކަމަށެވެ.
މި ހާދިސާ މެދުވެރިވީ އެ ފަޅުގޯތީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ފަޅުގޯތީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފފައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 20:15 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައިވެއެވެ. މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ފަޅުގޯތީގައި ރޯވި އަލިފާން ނިއްވާލެވުނީ 20:47 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއން ބުންޏެވެ.