ENGLISH
20 މާރިޗު 2026
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު އަލީ މުޙައްމަދު ނައީނީ ޝަހީދުކޮށްލައިފި
20 މާރިޗު 2026
|
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުޙައްމަދު ނައީނީ.
އެންމެ މަޤްބޫލު
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުޙައްމަދު ނައީނީ ޝަހީދުކޮށްލައިފި އެވެ.
އިރާނުގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލީ މުޙައްމަދު ނައިނީ ޝަހީދުކޮށްލާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި އެމެރިކާއާއި ސަހުޔޫނީން އީރާނަށް ދިން ހަމަލާއެއްގައި ކަމަށެވެ.
އަލީ މުޙައްމަދު ނައީނީއަކީ ވޭތުވެދިޔަ 40 އަށްވުރެ ގިނަ އަހަރު ދުވަހު އިސްލާމީ އިންގިލާބު ދިފާއުކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ބަޔާނުގައި ވަނީ ފާއިތުވި ދެ އަހަރު ދުވަހު އައި.އާރު.ޖީ.ސީ ގެ ތަރުޖަމާނެއްގެ ގޮތުންނާއި "އޮޕަރޭޝަން ޓްރޫ ޕްރޮމިސް" 2، 3 އަދި 4 ގައި އޭނާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްފަ އެވެ.
އަލީ މުޙައްމަދު ނައީނީއަކީ ފިކުރީ ހަނގުރާމައިގެ މައިދާނުގައި އައު އުކުޅުތަކާއި ފިކުރުތައް ތައާރަފްކުރެއްވި ބޭފުޅެއް ކަމަށާއި އަދި އޭނާގެ މި އުސޫލުތަކަކީ ކުރިއަށް އޮތް ތަނުގައިވެސް އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައިގައި މަގުދައްކައިދޭނެ ވަސީލަތްތަކެއް ކަމުގައި ބަޔާނުގައި ވެއެވެ.
ބަޔާން ނިންމާލަމުން އައި.އާރު.ޖީ.ސީ އިން ވަނީ، ޝަހީދު ނައީނީ އާއި އޭނާގެ ކުރިން ޝަހީދުވެފައިވާ މުޖާހިދުންގެ ހިތްވަރުގަދަ މަސައްކަތްތަކުގެ ޒިކުރާ އައުކޮށް، ސަހުޔޫނީ ދައުލަތްތަކާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވަޢުދުވެފަ އެވެ. އަދި އައި.އާރު.ޖީ.ސީ ގެ ވަރުގަދަ އަޑު ކަނޑުވާލުމަށް ދުޝްމަނުންނަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.