ENGLISH

07 މޭ 2026

Advertisement

އޮރިޔާން ކާޑު އުފައްދާ ބޭނުންކުރި މައްސަލައެއްގައި އަންހެނަކު 6 އަހަރަށް ޖަލަށް

06 މޭ 2026

|

ހަނާން އަހުމަދު ނައީމް

ކްރިމިނަލް ކޯޓު

އޮރިޔާން ކާޑު އުފައްދާ، އެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައެއްގައި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ހުކުމްކޮށްފައިވަނީ، މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ބްލެކްމެއިލް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމަށްޓަކައި، މައްސަލައިގެ ހާލަތަށް ބަލައި ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލައިގެ ޝަރީޢަތް އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން، މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ކްރިމިނަލް ކޮޓުން މައުލޫމާތުދިން ގޮތުގައި ދައުލަތުން އުފުލި ދެ ދައުވާއަށްވެސް މަރްޔަމް ރިޔާސާ ވަނީ ޝަރީޢަތުގައި އިޢުތިރާފުވެފަ އެވެ.

ކޯޓުން ހުކުމްކޮށްފައިވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއްގެ މަގުން، ޖުމްލަ ހަ އަހަރަށް އޭނާ ޖަލަށްލުމަށެވެ.

މި ހުކުމަކީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު