ENGLISH

17 މާރިޗު 2026

Advertisement

ހަމަލާތައް ހުއްޓޭނީ އިސްރާއީލް އެއްކޮށް ފޮހެލާފައި: އީރާން

04 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

އީރާނުން ހަމަލާދީފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއް

އީރާނުން ދެމުންދާ ހަމަލާތަކަށް ނިމުމެއް އަންނާނީ އިސްރާއީލް އެއްކޮށް ފޮހެލާފައި ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ) އިން އިސްރާއީލަށް އިންޒާރުދީ، އިސްރާއީލުގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާނަމަ އިސްރާއީލުން ފޭބުމަށް ގޮވާލަައިފައިވެއެވެ. އަދި އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވަމުން އަންނަ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ރައްދުގައި އީރާނުން ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމްބަސީތަކަށާއި ކޮންސިއުލޭޓްތަކަށް ހަމަލާތައް ދެމުންނެވެ.

އައިއާރުޖީސީން ބުނެފައި ވަނީ އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކާއި ސަރުކާރުގެ އިމާރާތްތަކާއި ސަލާމަތީ މަރުކަޒުތަކާ ދުރަށް ދިއުމަށް އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަނގުރާމައިގެ ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލް އެއްކޮށް ނެތިގެންދިއުން ކަމުގައި އައިއާރުޖީސީން ބުނެފައިވެއެވެ.

އީރާނުން ދިން ހަމަލާތަކުގައި ކުވައިތު، ގަތަރު، ޔޫއޭއީ އަދި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގެއްލުން ވަނީ ލިބިފައެވެ. 

ކިޔުންތެރިންގެ ހިޔާލު