ENGLISH

27 ފެބްރުއަރީ 2026

Advertisement

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި

27 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އިސްކަންދަރު ސުކޫލުގެ ދަރިވަރުންނާއި ޓީޗަރުންތަކެއް. ފޮޓޯ؛ މިހާރު

ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި އެވެ. 

ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލީ 2020 ވަނަ އަހަރު އެވެ.

ތައުލީމީ ވުޒާރާއިން ބުނީ، 2019 ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުގެ ވަރަށް ބޮޑު އިސްނެންގެވުމަކާއި ކުރެއްވި ބުރަ މަސައްކަތްޕުޅުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ނިންމައި ވުޒާރާއަށް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީހުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދަނީ އެއްފަހަރާ ޖަމާކޮށްދެމުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް ވަޒީރު ސްކޫލްތަކަށް އެންގެވީ މިދިޔަ ޖަނަވަރީ  މަހުގެ އެއްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު