ENGLISH

27 ފެބްރުއަރީ 2026

Advertisement

ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިބައިތިއްބަން: ޝިޔާމް

27 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް ޝިޔާމް. ފޮޓޯ؛ޕީއެންސީ

ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގެ ތެރޭގައި ރައްޔިތުން ބައިބައިތިއްބަން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހިންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ.

"ވާދަވެރިން ބޭނުން ވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ބައިތިއްބަން. އަބަދުވެސް ކޮންމެވެސް ކަހަލަ ކަންތައް ގަނޑެއްގެ ތެރޭގައި ބައިތިއްބަން ބޭނުން ވަނީ. އަޅުގަނޑުމެން ނޫންތޯ ދައްކަނީ ރާއްޖޭގެ ތަރައްގީ އޮންނަނީ 10 ނުތަވަ 15 ނުވަތަ 20 އަހަރު ފަހަތުގައޭ. ތަރައްގީ މިހާ ފަހަތުގައި އޮންނަނީ ސަބަބުތަކެއް އޮވެގެން. ކަންކަމުގެ ބާރުވެރި ފަރާތްތަކުން އެ ކަންކަން ހާސިލުކުރެވެންދެން ދައްކާ ވާހަކަތަކާ ބާރުވެރިކަމުގައި ތިބޭއިރު ދައްކާ ވާހަކަތަކާ ދިމާނުވާތީ. " -  ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ 20 އަހަރު ފަހަތުގައި އޮތީ މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރައްވަން ކެރިވަޑައިނުގަތީމައެވެ. 

ޝިޔާމް ވަނީ މީގެ ކުރިން އެއްވެސް ވެރިޔަކު އަތްލާން ބޭނުންނުވި އެތައް ކަމެއްގައި އަތްލަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަތީޖާ ނެރެދެއްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވޭޕް މަނާކުރުމާއި،  ޑޮލަރު މާރު ކުރުމުގެ ސިޔާސަތު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމު ވަނީ އެމްޑީޕީގެ ވެރިކަންތަކުަގއި ތިން އިންތިހާބު އެއް ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. 

އެމްޑީޕީން ތަފާތު ވާހަކަތައް ދަައްކަނީ  ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށް ކަމަށާއި ނަމަވެސް ބާރުވެރިކަން ލިބުމުން ގައުމީ މަސްއޫލިއްޔަތު ހަނދާން ނައްތާލާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު