ENGLISH

27 ފެބްރުއަރީ 2026

Advertisement

ހއ. މުރައިދޫ ޕޮލިސް ޕޯސްޓުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް

27 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މުރައިދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ހއ. މުރައިދޫގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ޕޯސްޓުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މި އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އިމާރާތުގެ މަތީ ބީމް އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މުރައިދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މުރައިދޫގައި ގާއިމްކުރާ ޕޮލިސް ޕޯސްޓަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ.

ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.

ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު