ENGLISH

17 ޖެނުއަރީ 2026

Advertisement

މި ޗުއްޓީގައި މޯލްޑިވިއަނުން މެލޭޝިއާ އަދި ތައިލެންޑަށް 2000 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި

17 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

މޯލްޑިވިއަނުން ޚިދުމަތް ދެނީ. ޗުއްޓީގައި މޯލްޑިވިއަންގެ ދަތުރުތަކަށް ބާރު ބޮޑު. ފޮޓޯ: މޯލްޑިވިއަން

މި ޗުއްޓީގައި މޯލްޑިވިއަނުން މެލޭޝިއާ އަދި ތައިލެންޑަށް 2000 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ. 

މޯލްޑިވިއަނުން ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ދަތުރުތައް އިތުރުކުރެ އެވެ. އެގޮތުން މިއަހަރު ވެސް ހުޅުވާލި ފުރުސަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އެގޮތުން ގިނަ ފްލައިޓްތައް ދަތުރުކުރީ ފުލްކޮށް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. 

ތައިލެންޑާއި މެލޭޝިއާގެ އިތުރުން މޯލްޑިވިއަނުން ވަނީ އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްެރަމްގެ އިތުރުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ވެސް ހާއްސަ ދަތުރުތަކެއް ކޮށްފައެވެ. 

ބައިނަލްއަގްވާމީ ދަތުރުތަކުގެ އިތުރުން ޑޮމެސްޓިކް ގިނަ ދަތުރުތަކެއް ވެސް ޗުއްޓީގައި މޯލްޑިވިއަނުން ވަނީ ކޮށްފަ އެވެ. އެގޮތުން 500 އަށް ވުރެ ގިނަ ޑޮމެސްޓިކް ދަތުރު ކޮށްފައިވާއިރު، ސީޕްލޭންގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ. 

މޯލްޑިވިއަނުން އަންނަނީ އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ބައިނަލްއަގްވާމީ އަދި ޑޮމެސްޓިކް ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން، ބަންގުލަދޭޝް އަށް ސީދާ ދަތުރުތައް ފަށަން ނިންމައި، އަންނަ މާރިޗު މަހުގެ 12 ވަނަަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާނެކަން މޯލްޑިވިއަނުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. 

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފެށުމަށް މޯލްޑިވިއަންއާ މިހާރު ވަނީ ހަވާލުކޮށްފައެވެ. 

ޑޮމެސްޓިކް ދަތުރުތަކަށް ބަލާއިރު، ށ. ފުނަދޫ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް މޯލްޑިވިއަނުން މިހާރު ވަނީ ނިންމައިފަ އެވެ. 

މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ފަހު، އެ ޓާމިނަލުން ބައިނަލްއަގްވާމީ ދަތުރުތައް ފެށި ފުރަތަމަ އެއާލައިން އަކީ ވެސް މޯލްޑިވިއަން އެވެ. 

ކިޔުންތެރިންގެ ހިޔާލު