ENGLISH

14 ޖެނުއަރީ 2026

Advertisement

ބީސީސީގެ ފުރަތަމަ "އޯޕަންޑޭ" ރާއްޖޭގެ ބަައެއް ހިސާބުތަކުގައި ފަށައިފި

14 ޖެނުއަރީ 2026

|

ފާތުމަތު އަދާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ފުރުޞަޠުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "އޯޕަންޑޭ" ނަމުގައި ޙާއްސަ ޙަރަކާތެއް ރާއްޖޭގެ 13 ސަރަޙައްދެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ފަށައިފިއެވެ.

މިއީ މިފަދަ ގޮތަކަށް ބީސީސީން އޯޕަންޑޭއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ޙަރަކާތް މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކުރިއަށްދާނީ މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުގެ އިތުރުން، އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ 12 ބިޒްނަސް ސެންޓަރުގައެވެ. މި ޙަރަކާތުގައި ބައިވެރިވުމަށް އެއްވެސް އެޕޮއިންޓްމަންޓެއް ބޭނުން ނުވާނެ ކަމަށް ބީސީސީން ވަނީ ބުނެފައެވެ.

އޯޕަންޑޭ ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، ކުޅުދުއްފުށި ސިޓީ، ނ. މަނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ތިނަދޫ ސިޓީ، ގއ. ވިލިނގިލި، ފުވައްމުލައް ސިޓީ، ސ. ހިތަދޫ، އަދި އއ. ތޮއްޑޫ ގައެވެ.

މި އޯޕަންޑޭގެ ތެރެއިން ލިބޭނެ މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ ގޮތްތަކާއި އަދި ވިޔަފާރީގެ ދާއިރާއިން ލިބެންހުރި ތަމްރީން ޕްރޮގްރާމްތަކާއި ވިޔަފާރި ފެށުމާއި ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ހިމެނެއެވެ.

‎ބީސީސީގެ މަޤްޞަދަކީ މި ޙަރަކާތުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ހުރި ފުރުޞަޠުތައް އޮޅުންފިލައި، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު