ENGLISH
12 ޖެނުއަރީ 2026
ވީއައިއޭގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން-ކައުންޓަރުތައް ހުޅުވައިފި
12 ޖެނުއަރީ 2026
|
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގައި ހަދާފައިވާ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެއެވެ.
މިއީ ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަންކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް، އަދި ފަސިންޖަރުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެކެވެ. އޭގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަހައްދަށް ވެހިކަލް ކައިރިކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި ނުވަ ފަސިންޖާ ބަސް ސްލޮޓް، ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައެވެ.