ENGLISH
09 ޖެނުއަރީ 2026
ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕްލިކޭޝަން މިއަހަރު ތައާރަފުކުރަނީ
07 ޖެނުއަރީ 2026
|
ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތަކާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕްލިކޭޝަން މިއަހަރު ތައާރަފުކުރަން ނިންމައިފިއެވެ.
"އެމްއެމްޓީވީ"ގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މަރްޔަމް ޝަޒްނާ ވިދާޅުވީ މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރަމުންދަނީ ފައިނޭންސިން ފިޔަވައި އެސްއެމްއީއަކަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭގޮތަކަށްކަމަށެވެ.
"މީގެ ތެރޭގައި އެބައާދޭ އެސްއެމްއީ ޑިޖިޓަލްއިން ދޫކުރަމުންދާ ފެސިލިޓީތަކުގެ ތަފްސީލީ މައުލޫމާތުތަކާއި، ވިޔަފާރި ހަރުދަނާކުރަން ބޭނުންވާ މައުލޫމާތުތަކާއި، ވިޔަފާރި އޮޑިޓްކުރުމާއި، މާލީ ހިސާބުތައް ބެލެހެއްޓުންފަދަ ކަންކަން. މިސާލަކަށް ވެންޑާއަކަށް ޕޭމަންޓެއް ހަދަން ބޭނުންވާނަމަ އެޕް ބޭނުންކޮށްގެން ހެދުމުގެ ހިދުމަތް، ސޭލްސްގެ ގޮތުގައި އަންނަ ޕޭމަންޓުތައް ރިސީވްކުރުމުގެ ހިދުމަތްވެސް އެޕްލިކޭޝަން ބޭނުންކޮށްގެން ކޮށްލެވޭނެ. " - އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މަރްޔަމް ޝަޒްނާ
މީގެ އިތުރުން ފައިނޭންޝަލް ފޯކާސްޓުފަދަ ޓެމްޕްލޭޓުތައްވެސް ކަސްޓަމަރުންނަށް ލުއިވާނެގޮތަކަށް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމުގެ ސަބަބުން އެޕްލިކޭޝްން މެދުވެރިކޮށް ބިޒްނަސް ޕްލޭންތައް ހަދާލެވި، ވަގުތު ސަލާމަތްވެގެންދާނެކަމަށް ޝަޒްނާ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ވާގިވެރިކަން ހޯދުމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އުފައްދާފައިވާ ކުންފުންޏެކެވެ.
އެސްއެމްއީ ޑިޖިޓަލް އިން ދަނީ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް އީޖާދީ ހައްލުތަކާއި، އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ލިބިދެވޭނެ މާހައުލެއް ގާއިމުކުރަމުންނެވެ.
ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު، ކުންފުނިން ވަނީ ތަފާތު އެކި ފައިނޭންސިން ސްކީމްތައް ތައާރަފްކޮށް، އިޤްތިސާދުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކަކަށް ފައިނޭންސިން ފޯރުކޮށްދީފައެވެ.