ENGLISH

07 ޖެނުއަރީ 2026

Advertisement

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފި

05 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހަކު ހުވާކުރުން --

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހެކެވެ. އެއީ އަންހެން 14 ފުލުހުންނާއި ފިރިހެން 52 ފުލުހުންނެވެ.

ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައި އެވެ.

ކިޔުންތެރިންގެ ހިޔާލު