ENGLISH
07 ޖެނުއަރީ 2026
ސަނީ އުމަރުގެ ހާޒިރުގައި އޭނާގެ އެޕާޓްމަންޓް ބަލާ ފާސްކޮށްފި
05 ޖެނުއަރީ 2026
|
ގ. މާވަނި، ޙުސައިން ސަނީ ޢުމަރު،
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ އޭނާ ދިރިއުޅުނު އެޕާޓްމަންޓެވެ. އެ ތަން ބަލާ ފާސްކުރުމަށް ފަހު ފުލުުުހުންގެ ކާރަށް އަރުވަން ސަނީ ތިރިއަށް ބޭލިވަގުތު ބަޔަކު ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ.
ބައެއް މީހުން އަމާޒުކުރި ހަމަލާތައް އޭނާއަށް އަމާޒުވެސް ވި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އެ މީހުން ގެންދިޔައީ ރުޅިވެރިކަމާއެކު ހަރުއަޑުން އަޑުގަދަ ކުރަމުންނެވެ. ބެލެވޭ ގޮތުން އެއީ ޖިންސީ ގޯނާ ލިބުނު ކުދީންގެ އާއިލީ މީހުންނެވެ. އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ސަނީ އުމަރު ހުރީ އޭނާގެ މައްޗަށް އޮތް ތުހުމަތާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ނިންމުން ކޯޓުން ނިންމީ އޭނާގެ ބަންދަށް ފުރަތަމަ ޖެހި 30 ދުވަސް ހަމަވެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން މި މަހުގެ ދެވަނަ ދުވަހު އެވެ.