ENGLISH

07 ޖެނުއަރީ 2026

Advertisement

މަރުވެފައި އޮތް މީހަކު ފެނުން: އޮތީ ކުނިވެ ހަލާކުވެފައި

05 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ލޯންޗެއް --

އިއްޔެ ކަނޑުމަތީން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާ ކަމަށް ބުނީ އިއްޔެ ހަވީރު އެވެ. ފުލުުހުން މިއަދު ބުނީ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އަދި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު