ENGLISH

07 ޖެނުއަރީ 2026

Advertisement

ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

05 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަން--ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި އިތުރު ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދިޔަ ހަތް ތަނެއް އިއްޔެ ބަލައި ފާސްކޮށް، ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަން--ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެތައް ހާސް ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.

ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން "އަނދިރި" ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ބަނީ ހުއްޓުވައިފަ އެވެ. 

މީގެ އިތުރުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު