ENGLISH

05 ޖެނުއަރީ 2026

Advertisement

މަދޫރޯ ނިއުޔޯކަށް ގެނެސްފި، ޓްރަމްޕު ވިދާޅުވީ ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށް

04 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވެނަޒުއޭލާގެ ރައީސް ހައްޔަރުކުރި އޮޕަރޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަން ޓުރަމްޕު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރޮއިޓާސް

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާގެ ނިއުޔޯކް ސިޓީއަށް ގެނެސް އެ ސިޓީގެ ޖަލެއްގައި ބަންދުކޮށްފަައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެނެޒުއޭލާ ހިންގާނީ އެމެރިކާއިންކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެއެވެ. 

ހޮނިހިރުދުވަހު އެމެރިކާއިން ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ހަމަަލާތަކެއް ދިނުމަށްފަހު، އެ ގައުމުގެ ރައީސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ވެނެޒުއޭލާއިން ބޭރުކޮށްފައިވެއެވެ. އެމެރިކާގެ މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި ހޮނިހިރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގަައި މަދޫރޯ ގޮވައިގެން ދަތުރުކުރި ފުލައިޓުވަނީ ނިއުޔޯކުގައި ޖައްސާފައެވެ. 

މި ހަމަލާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުރަމްޕު ވިދާޅުވީ ވެނެޒުއޭލާގެ ތެރެއަށް އެހެން ގައުމެއް ވަނުމަށް އެމެރިކާއިން ނޭދޭ ކަމަށެވެ. އަދި އިންތިގާލީ މަރުހަލާ ފުރިހަަމަކުރެވެންދެން ވެނެޒުއޭލާގެ ކަންކަން ހިންގާނީ އެމެރިކާއިން ކަމަށެވެ. 

އިތުރަށް ޓްރަމްޕު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ވެނެޒުއޭލާއަށް އެމެރިކާގެ ތެޔޮ ކުންފުނިތައް ވަދެ، އެތައް ބިލިއަން ޑޮލަރެއް އިންވެސްޓުކޮށް ފައިސާ ހޯދައި، އެ ފައިސާ ވެނެޒުއޭލާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. 

މަދޫރޯ ހައްޔަރުކުރުމުގެ ކުރިން އެމެރިކާއިންވަނީ އޭނާގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ވެނެޒުއޭލާގެ އައްސޭރިފަށުން ދަތުރުކުރި ބައެއް ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއި، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ކެރީބިއަން ކަނޑުގައި ދަތުރުކުރި ބައެއް ބޯޓުފަހަރަށް ހަމަލާދީފައިވެއެވެ. 

އެމެރިޮކާއިން ތުހުމަތުކުރާ ގޮތުގައި މަދޫރޯއަކީ ޑްރަގު ކާޓެލްތަކާ ގުޅުން އޮންނަ ބޭފުޅެކެވެ. އަދި އޭނާ ގެންދަވަނީ އެމެރިކާއަށް އެތައް ޓަނެއްގެ ކޮކެއިން އެތެރެކުރުމުގައި ބައިވެރިވެވަޑައިގަންނަވަމުންކަމަށްވެސް އެމެރިކާއިން ތުހުމަތުކޮށްފައިވެއެވެ. 

ޓުރަމްޕު ވިދާޅުވި ގޮތުގައި އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ވެނެޒުއޭލާގެ ތެލުގެ އިންފްރަސްޓްރަކްޗާއަށް ހަރަދުކޮށް، އާބާތުރަފިލުވައި އައުކޮށް، ތެލުގެ މަންފާ އެ ގައުމުގެ ރައްޔިތުންނަށް ހޯދައިދޭނެއެވެ. އަދި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްެ ގޮތުން ވެނެޒުއޭލާގެ ރައްޔިތުންނަކީ ތަނަވަސް، މިނިވަން، ރައްކާތެރިކަން ލިބިފައިވާ ބަޔަކަށްވާނެ ކަމުގައިވެސް ޓުރަމްޕު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު