ENGLISH

28 ޑިސެމްބަރު 2025

Advertisement

ސާޅީސް ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތުން: ދެ މީހަކު ހައްޔަރުކޮށް ބަންދަށް

28 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ތުހުމަތު އޮތް މީހުން

ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހު ކަމަށާ މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހު ކަމަަށެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

އަތުލައިގަތް ހަޝީޝް އޮއިލްގެ ބަރުދަނުގައި 40 ކިލޯއަށްވުރެ އިތުރުވާނެ ކަމަަށާ އަދި އެތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމުގައި ބެލެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. 

މިތަކެތި އެތެރެކޮށްފައިވަނީ ޗޮކޮލެޓް ސިރަޕު ފުޅިތަކެއްގަައި ކަމަށްވާއިރު އެއިން ކޮންމެ ފުޅިއެއްގައި 1.10 މިލިމީޓަރާއި 1.40 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ހަޝީޝް އޮއިލް އެތެރެކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު