ENGLISH

28 ޑިސެމްބަރު 2025

Advertisement

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކުރިއަށް

28 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ

ހއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ހަދާ އާ އިމާރާތުގެ ފައުންޑޭޝަންގެ ކޮންކްރީޓު މަސައްކަތްތައް ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިއީ ރައްޔިތުންނަށް ޒަމާނީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. 

މި މަޝްރޫޢުގެ ދަށުން ހަތަރު ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، އެއް ފަންގިފިލާގެ ސަރވިސް ބްލޮކަކާއި، ވަށާފާރު ރޭނުމަށް ވަނީ ހަމަޖެހިފައެވެ. ގާތްގަނޑަކަށް 185 މިލިޔަން ރުފިޔާގެ މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ، 780 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކުރުމާއެކު، ދިއްދޫގެ އިތުރުން ހއ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު