ENGLISH

24 ޑިސެމްބަރު 2025

Advertisement

އާރުޑީސީން ގުރައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ

24 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

އާރުޑީސީން ގުރައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު -- ފޮޓޯ: އާރުޑީސީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތ. ގުރައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. 

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެ ރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ވަނީ ހަވާލުކޮށްފައެވެ. 

މި ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވާއިރު ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަކީ 74.7 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 

އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 77 ސްޕޯޓްސް ފެސިލިޓީ ގާއިމްކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން އާރުޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މީގެ ތެރެއިން 23 ސްޕޯޓްސް ފެސިލިޓީގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، މި 77 ފެސިލިޓީގެ މަސައްކަތަށް ސަރުކާރުން ވަނީ 205.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. 

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެއީ ދައްޗެއް ނެތި ދިރިއުޅެވޭނެ ފަދަ ތަންތަނަށް ހެދުމެވެ. 

ކިޔުންތެރިންގެ ހިޔާލު