ENGLISH
14 ޑިސެމްބަރު 2025
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް ގެނައި ބަދަލުތައް ހާމަކޮށްފި
14 ޑިސެމްބަރު 2025
|
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް ގެނައި ބަދަލުތަކާއި މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ ލިމިޓްތަކާއެކު ކާޑު ލިމިޓްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ.
ބީއެމްއެލް އިން ވަނީ 11 ނޮވެމްބަރުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑުގެ ލިމިޓް ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައެވެ.
ކާޑުގެ ޖުމްލަ ލިމިޓަށް ބަލާއިރު، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކާޑުން ނެގެނީ 250 ޑޮލަރާއި ހަމަޔަށް ކަމުގައިވީ ނަމަވެސް، މި ރޭޓް ވަނީ ޖުލައި މަހުން ފެށިގެން މަތިކޮށްފައެވެ. ޖުލައި 1 އިން ފެށިގެން ކާޑުގެ ލިމިޓަކީ 500 ޑޮލަރެވެ. އަދި މިހާރު މި ގެނެވުނު ބަދަލާއެކު، ރޭޓް އިތުރަށް މަތިވެ، 11 ނޮވެމްބަރުން ފެށިގެން 3000 ޑޮލަރު ނެގޭނެއެވެ.
އެގޮތުން ފީ.އޯ.އެސްގެ ގޮތުގައި ނެގޭ ލިމިޓް ވެސް މިވަނީ ބޮޑުވެފައެވެ. މީގެ ކުރިން ޖޫން، ޖުލައި މަހަށް ކަނޑައަޅާފައިވަނީ 250 ޑޮލަރެވެ. އެހެންނަމަވެސް މިދިޔަ މަހުން ފެށިގެން ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު ވަނީ ކަނޑައަޅައިފައެވެ.
ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް ކަނޑައަޅާފައިވާ ގޮތުން ޖޫން މަހާ ހަމައަށް އޭޓީއެމްތަކުން ނެގެނީ 250 ޑޮލަރެވެ. އެއަށްފަހު ޖުލައި މަހުން ފެށިގެން ނެގެނީ 125 ޑޮލަރާ ހަމަޔަށެވެ. އަދި ޓިކެޓްއާއި ހޮޓެލް ބުކިންގ އަށާއި ޞިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައިވެއެވެ.
އީ-ކޮމާސް ވެބްސައިޓްތަކުން ޑޮލަރުން ހެދޭ ޓްރާންސެކްޝަންތަކަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ. މި ވެބްސައިޓް މެދުވެރިކޮށް ކުރެވެނީ 250 ޑޮލުގެ މުއާމަލާތެވެ.