ENGLISH

13 ޑިސެމްބަރު 2025

Advertisement

ޤައިދީން ކުރާ ކޯލްތައް ރިޕޯޓްކުރުމަށް އެދިއްޖެ

11 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ސްކޭމް ކޯލްތަކަށް ސަމާލުވުން--ފޮޓޯ: ޑަބްލިއުއެސްއީޓީ

ޖަލުތަކުގައި ތިބޭ ޤައިދީން ކުރާ ކޯލްތައް ރިޕޯޓްކުރުމަށް ދާޚިލީ ސަލަަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އެދިއްޖެ އެވެ.

އެ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ޖަލުތަކުގައި ތިބޭ ޤައިދީން އެކި ފަރާތްތަކަށް ގުޅާ ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ވުޒާރާއިން ވަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް އެކޯލްތައް ރިޕޯޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެ ވުޒާރައިން ވަނީ އިއުލާނުގައި ބުނެފަ އެވެ.

ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުވާނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓަށް ޒިޔާރަތްކޮށް އެ ނަންބަރުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު