ENGLISH
09 ޑިސެމްބަރު 2025
ރަސްމާލޭގެ ޓްރާންސްޕޯޓް މާސްޓަރޕްލޭން ހެދުމަށް ކޮންސަލްޓެންޓެއް ހޯދަނީ
09 ޑިސެމްބަރު 2025
|
ރަސްމާލޭގެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށާއި، އަދި އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތަަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ފަރާތެއްގެ މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.
ކޮންސަލްޓަންޓެއް ހޮވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅަންވާނީ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމަނައިގެން ކަމަށެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށް ވަނީ ބުނެފަ އެވެ.
މި މަސައްކަތާ ގުޅޭ އިތުރު މައުލާމާތު މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މިއަދުން ފެށިގެން ލިބެން ހުންނާނެކަމަށާއި އަދި އިތުރު މައުލޫމާތުގެ އަދާހަމަ ވެސް ވެބްސައިޓްއިން ލިބެންހުންނާނެކަމަށް ވަނީ ބުނެފަ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"ގެ މެއިލް ނުވަތަ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.