ENGLISH

09 ޑިސެމްބަރު 2025

Advertisement

ޗައިލްޑް އޮންލައިން ޕްރޮޓެކްޝަނަކީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ގޮންޖެހުމެއް: ޑރ. ކިނާނަތު

09 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ޗައިލްޑް އޮންލައިން ޕްރޮޓެކްޝަނަކީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

މިފަދައިން މިނިސްޓަރ ވިދާޅުވީ "ޗައިލްޑް އޮންލައިން ޕްރޮޓެކްޝަން ޓްރޭނިންގ އޮފް ޓްރެއިނާސް ޕްރޮގްރާމް އެންޑް ނެޝަނަލް ސީއެސްއައިއާރްޓީ އެސެސްމަންޓް ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޑަކުދިންނަށް އޮންލައިންކޮށް ކުރިމަތިވަމުންދާ ބިރިވެރިކަމާއި ކުރިމަތިވެދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމަށް ގައުމީ ކޯޑިނޭޝަނުގެ މުހިންމުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އަދި ކުޑަކުދިންނަށް އޮންލައިންކޮށް ލިބޭ ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެއްބާރުލުން ދޭންޖެހޭކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ކުއްޖަކު ފުރަތަމަ ފަހަރަށް އިންޓަނެޓަށް ވަންނަކަން ފާހަގަކޮށް، ޑިޖިޓަލް މާހައުލަށް ކުދިން ވަންނަނީ މީގެ ކުރިން ނުފެންނަހާ ބާރު ދުވެއްޔެއްގައިކަމަށް ސްޓޭޓް މިނިސްޓރ ވިދާޅުވެފައިވެއެވެ.

މިހާރު ދިވެހިރާއްޖޭގެ ހާލަތު ވަޒަންކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ޤާބިލް އަދި އެކަމަށް އެކަށީގެންވާ ސައިބަރސެކިއުރިޓީއެއް ތައްޔާރުކުރުމަކީ ކާމިޔާބު ޑިޖިޓަލް މާހައުލަކަށް ނުހަނު ބޭނުންތެރިކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކިނާނަތު ވިދާޅުވީ ގައުމުގެ ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ކަށަވަރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާ، ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހޭ މަރުޙަލާއަކަށް އައިސްފައިވާކަމަށެވެ. އަދި މި ދާއިރާއިން ދެމެހެއްޓެނިވި ކުރިއެރުމެއ ނުލިބޭހާ ހިނދަކު، ރަނގަޅު މުސްތަޤްބަލަކަށް ފުރިހަމައަށް ތައްޔާރުނުވެވޭނެކަމަށް ވިދާޅުވެފައިވެއެވެ.

ސައިބާ ކްރައިމްތަކާއި ހާދިސާތަކަށް އަލިއަޅުވާލައި، ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ހާދިސާތައް އިތުރުވުމާއެކު 2028 ވަނަ އަހަރާ ހަމަޔަށް ސައިބާ ކްރައިމްގެ ޕްރޮޖެކްޓުތައް ގާތްގަނޑަކަށް 14 ޓްރިލިއަން ޑޮލަރަށް ގާތްކުރާނެކަމަށެވެ. މީގެއިތުރުން ކޮންމެ 39 ސިކުންތަކުން ކުއްޖަކަށް ސައިބާ އެޓޭކެއް ކުރިމަތިވާކަން ފާހަގަކޮށް މިކަމާމެދު އެންމެން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ތިން ދުވަހަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ގައުމީ ފެންވަރުގައި މި މައްސަލަތަކާ މެދު ހަރަކާތްތެރިވެވޭނެ ގޮތް ގާއިމްކުރެވި، ފައިދާހުރި ސައިބާ ތުރެޓް އިންޓެލިޖެންސެއް ފަރުމާކުރެވިގެންދާނެއެވެ. 

ކުޑަކުދިންނަށް އޮންލައިންކޮށް ކުރިމަތިވާ ބިރުވެރިކަމާއި ނުރައްކަލަކީ މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ސެކިއުރިޓީ ރިސްކެވެ.

ކިޔުންތެރިންގެ ހިޔާލު