ENGLISH
09 ޑިސެމްބަރު 2025
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "މަސްވެރިންގެ ގުންޒަރެއް" ބާއްވަނީ
09 ޑިސެމްބަރު 2025
|
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "މަސްވެރިންގެ ގުންޒަރެއް" ރ. ދުވާފަރުގައި ބާއްވަން ހަމަޖައްސައިފިއެވެ.
މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހާ ގުޅިގެން ކުރިޔަށްގެންދާ ގުންޒަރަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފެށި ހަރަކާތެކެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ގުންޒަރުގައި ދިވެހިރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ މަސްވެރިންނާއި މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެއެވެ. އަދި މި ގުންޒަރުގެ ބައިވެރިން ވަނީ މިއަދު ދުވާފަރަށް ވަޑައިގަނެފައެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި އިތުރު ހަރަކާތްތަކެއް ވެސް ރާވާފައިވެއެވެ. އެގޮތުން ދުވާފަރުގައި ބާއްވާ "މަސްކެނޑުމުގެ މުބާރާތް" ޑިސެމްބަރު މަހު 13 ވަނަ ދުވަހު އޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މުބާރާތަކީ ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ މުބާރާތެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މި މުބާރާތުގެ އެންމެ މޮޅު ތިން ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 3000ރ. ދެވަނައަށް 2000ރ. އަދި ތިންވަނައަށް ހޮވޭފަރަތާތަކަށް 1000ރ. ދިނުމަށް ހަމަޖެހިފައިވެއެވެ.
މަސްވެރިންގެ ދުވަސް އިހުތިފާލުކުރުމުގެ މަޤްޞަދަކީ، ދިވެހިންގެ ތެރޭގައި އުވެމުންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމާއި، މަސް ކެނޑުމަކީ މަސްވެރިކަމުގެ ސިނާޢަތަށް މުހިއްމު މަސައްކަތެއްކަން އަންގައި ދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.