ENGLISH

08 ޑިސެމްބަރު 2025

Advertisement

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އަލިފުށީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

07 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރ. އަލިފުށީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތެއް ފަށައިފިއެވެ.

މި މަސައްކަތަކީ އަލިފުށީގައި ހަރަކާތްތެރިވާ ފުލުހުންނާއި އެ ރަށު ކައުންސިލް ގުޅިގެން މި މަހުގެ 1 އިން ފެށިގެން 2 މަސް ދުވަހަށް ކުރިޔަށްގެންދާ ޚާއްސަ މަސައްކަތެކެވެ.  

މި މަސައްކަތުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އެ ރަށުގައި އުޅޭ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކުރެވިގެންދާނެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އަދި ހަމައެހެންމެ، މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށް ވަނީ ނިންމައިފައެވެ. އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިއުމަން ޓްރެފިކިންގ އާއި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު، ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި ވިޔަފާރި ކުރާ އެއް ތަނުގެ މައުލޫމާތު ނަގާފައިވެއެވެ.

މި މަސައްކަތުގެ ތެރެއިން މިހާތިން ބިދޭސީއެއް ފާހަގަކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު