ENGLISH
02 ޑިސެމްބަރު 2025
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމްތަކުގައި، އަހަރުގެ މިހާތަނަށް 738 އިމާމުން ބައިވެރިވެއްޖެ
01 ޑިސެމްބަރު 2025
|
އިމާމުން ތާޒާ ކުރުމުގެ ވޯކްޝޮޕް ނިންމައި ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--ފޮޓޯ:އިސްލާމިކް މިނިސްޓްރީ
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމްތަކުގައި އަހަރުގެ މިހާތަަނަށް 738 އިމާމުން ބައިވެރިިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލުމުގެ ރަސްމިއްޔާތުގަ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު އެވެ.
ޚަތީބުން ތާޒާކުރުމުގެ ވޯކްޝޮޕްގައި މާލެ ސިޓީގެ 73 އިމާމުން ވަނީ ބައިވެރިވެފަ އެވެ.
އަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީން ޕްރޮގްރާމްތަކަށް، އިމާމުން މިޞްރަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެކަން ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގެ އިމާމުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެކި ތަމްރީނު ޕްރޮގްރާމްތަކުގައި ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ އަދި މެލޭޝިޔާ އަށް 100 އަށްވުރެ ގިނަ ފުރުޞަތުގައި މިދިޔަ އަހަރު އިމާމުން ވަނީ ފޮނުވާފަ އެވެ.