ENGLISH

15 ނޮވެމްބަރު 2025

Advertisement

ހުރިހާ ގޮތަކުން ނަމޫނާ ޖަލްސާއެއް؛ ޖަލްސާ ނިންމާލުމަށް ފަހު އޮތީ މުޅި ސަރަޙައްދު ސާފުކުރުން

15 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާއަށް ފަހު އެ ސަރަޙައްދު ސާފުކުރަނީ --

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ބިޔަ ބޮޑު ޖަލްސާއަށް ފަހު ޖަލްސާ ބޭއްވި ސަރަޙައްދުގައިވާ ހުރިހާ ކުންޏެއް ނަގާ ސާފުކޮށް ނަމޫނާ ދައްކައިފި އެވެ.

މިއީ މިހާތަނަށް ސިޔާސީ މިފަދަ އެއްވުމަކުން ނުވަތަ ޖަލްސާއަކުން ވެސް ފެންނަ މަންޒަރެއް ނޫނެވެ. 13,000 ވުރެ ގިނަ ރައްޔިތުން ބައިވެރިވި މިރޭގެ "ދިވެހީންގެ ރާއްޖެ" ޖަލްސާއަށް ފަހު ކޮންގްރެސްގެ އިސް ބޭފުޅުން ވަނީ މުޅި ސަރަޙައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވާފަ އެވެ.

ސާފުކުރުމުގެ މަަސައްކަތުގައި އިސްކޮށް އުޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮންގްރެސް ޕާޓީގެ މެންބަރުންނާއި ކޮންގްރެސްގެ އިސް ބޭފުޅުން އަދި ޕާޓީގެ މެންބަރުންނެވެ. ޖަލްސާގެ ހާޒިރީން އެ ސަރަޙައްދަށް ދޫކޮށްދިޔަ ދިޔަ ހުރިހާ ކުންޏެއް ވަނީ ނަގާ މުޅި ސަރަޙައްދު ސާފުކޮށްފަ އެވެ.

އެކަން ފާހަގަކޮށް ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ތަޢުރީފުކޮށްފަ އެވެ. އަދި މިރޭ ކޮންގްރެސް ޕާޓީން ބޭއްވި ތާރީޚީ ޖަލްސާ އިތުރަށް ތާރީޚީ ވެގެން ހިނގައްޖެ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އިންތިޒާމުތައް ފުރިހަމަ ނަމޫނާ ޖަލްސާއެއް

މިރޭ އޮތް "ދިވެހީންގެ ރާއްޖެ" ޖަލްސާ ފާހަގަވީ ހުރިހާ ގޮތަކުން ވެސް ވަރަށް އިންތިޒާމުތައް ފުރިހަމަ ނަމޫނާ ޖަލްސާޢެއްގެ ގޮތުގަ އެވެ. އެންމެ ފުރަތަމަ ކަމަކަށް ޖަލްސާއަަށް އަތޮޅުތަކުން އައި އެތައް ހާސް ބަޔަކަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން މަރުޙަބާ ކިޔުން ފާހަގަކުރެވެ އެވެ.

ކޮންމެ ރަށަކުން ވެސް ޓީމުތައް އައީ ވަކި ބޭފުޅެއްގެ ބެލުމުގެ ދަށުންނެވެ. އަދި ޕާޓީގެ އިސް ބޭފުޅުން ވަޑައިގެން ހުރިހާ ޓީމުތަކަށް މަރުޙަބާ ވިދާޅުވި އެވެ. ޕާޓީގެ ހަރުގޭގައި ވެސް މަރުޙަބާ ކިޔުން އޮތެވެ. އެކަމަށް ޚާއްސަ ޓީމުތައް އެކުލަވާލި އެވެ.

މިރޭގެ ޖަލްސާއަށް މުޅި ސަރަޙައްދު ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައި އޮތެވެ. ރީތި ސްޓޭޖަކާއި އެކު ޖަލްސާގެ ހާޒިރީންނަށް ފެންނާހެން ސްކްރީންތައް ބަހައްޓާފައިވެ އެވެ. ޖަލްސާގެ ވަގުތުގެ މާކުރީން ރައްޔިތުން އެއްވެ މުޅި ތަން ފުރާލި އެވެ.

މިއީ މީގެ ކުރީން އެހެން ސިޔާސީ ހަރަކާތަކުން ނުފެންނަ ކަންކަމެވެ. މިއާއެކު ސިޔާސީ ތާރީޚް ބަދަލުކޮށްލި ކޮންގްރެސްގެ "ދިވެހީންގެ ރާއްޖެ" ޖަލްސާ ވެފައިވަނީ ހުރިހާ ގޮތަކުން ނަމޫނާ ޖަލްސާއަކަށެވެ. އަދި ވާދަވެރީން ޖެހިލުން ކޮށްލި މޮޅު ސިޔާސީ ހަރަކާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު