ENGLISH
15 ނޮވެމްބަރު 2025
ބިދޭސީއަކު ގެއްލިގެން އުޅޭތާ ހަ ދުވަސް، ފުލުހުން މަސައްކަތް ފަށައިފި
15 ނޮވެމްބަރު 2025
|
ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ)
މާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައި އެކަން އިޢުލާނު ކޮށްފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ޝަރީފް ހޯދަމުންދަނީ މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް އައީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ބުންޏެވެ.
ވީމާ، ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.