ENGLISH

14 ނޮވެމްބަރު 2025

Advertisement

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން: ފަސްޓްލޭޑީ

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފަސްޓްލޭޑީގެ މެސެޖްގައި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް ގޮވާލެއްވި އެވެ.

‏”ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް ޙާޞިލް ކުރެވޭނެ،” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ހަކުރު ބައްޔަކީ ދިވެހީންގެ މެދުގައި މިއަދު އެންމެ އާންމު އެއް ބައްޔެވެ. އެއީ ފުރާނައަށް ނުރައްކާ ޙާލަތަށް މީހާ ގެންދާ ބައްޔެކެވެ.

އާއިލީ ވާރުތަކުރުމުން ވެސް ޖެހޭ މި ބައްޔަކީ ސިއްޙީ ނުރަނގަޅު އާދަތަކުގެ ސަބަބުން ޖެހުމަށް މަގުފަހިވާ ބައްޔެކެވެ. 

ކިޔުންތެރިންގެ ހިޔާލު