ENGLISH
14 ނޮވެމްބަރު 2025
ޗައިނާއިންދޭ 20 ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ނޮވެމްބަރު 2025
|
ޗައިނާގެ ބެއިޖިން ޔުނިވާސިޓީ އޮފް ޕޮލިޓިކަލް ސައިންސް އެންޑް ލޯގެ ފެށުމުގެ ރަސްމިއްޔާތަށް ފަހު ގްރެޖުއޭޓް ކުދިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ޝިންހޫއާ ޔުނިވާސިޓީ
ޗައިނާއިން ރާއްޖެއަށް ދޭ 20 ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ޗައިނާއިން ދޭ ސްކޮލަރޝިޕްގެ ތެރޭގައި ޕީއެޗްޑީގެ 11 ފުރުޞަތާއި މާސްޓަރސްގެ ހަތް ފުރުޞަތުގެ އިތުރުން ދެ ބެޗެލަރސް ޑިގްރީ ހިމެނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ބެޗެލާސްއަށް ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް 25 އަހަރު ފުރިފައިނުވާ ފަރާތްތަކަށެެވެ. މާސްޓާސް އަށް ކިޔަވަން ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީގެ ނިޔަލަށް 35 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލެވޭނީ ފެބްރުއަރީގެ ނިޔަލަށް 40 އަހަރު ނުވާ ފަރާތްތަކަށެވެ.
މި ފުރުޞަތުތައް ބަހާލެވިފައިވަނީ ދެ ބަޔަކަށް ކަަމަށް ވެސް އެ ވުޒާރާގެ އިޢުލާނުގައިވެއެވެ. އެއީ އަލަށް ޗައިނާގައި ކިޔަވަން ފަށާ ދަރިވަރުންނަށް ފަސް ފުރުޞަތާއި، މިހާރު ވެސް ޗައިނާގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް 15 ފުރުޞަތެވެ.
މި ސްކޮލަރޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިންނެވެ. އަދި ހާޑްކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތައް، އަންނަ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
އެޕްލިކޭޝަން ފޯމްއާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް ވެސް އިޢުލާންގައި ބަޔާންކޮށްފައިވެ އެވެ. އަދި ސްކޮލަރޝިޕްއާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެބްސައިޓުންނާއި، 1474 އަށް ގުޅައިގެން އަދި މެއިލްކޮށްގެން ވެސް އިތުރު މައުލޫމާތު ހޯދޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ކޯހަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.gov.mv ޕޯޓަލް މެދުވެރިކޮށެވެ.